ޢަބުދުﷲ ޖަލީލް

ކުރީގެ ބޮޑު ކަތީބް

ޢަބުދުﷲ ޖަލީލަކީ ހއ.ތުރާކުނަށް ވަރަށް ގިނަ އަގުނުކެރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރި އެކެވެ. ޢަބުދުﷲ ޖަލީލު ވަނީ މެދުނުކެނޑި 40 އަހަރަށް ވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކުރުއްވާފައެވެ. ޢަބުދުﷲ ޖަލީލު ޢަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ތުރާކުނު މަދަރުސާގެ ނާޛިރުގެ މަޤާމާއި އަތޮޅު އޮފީހުގެ ކާތިބުކަމާއި ތުރާކުނު އޮފީގެ ކަތީބުކަމާއި ތުރާކުނު އޮފީހުގެ ބޮޑުކަތީބުކަން ކުރައްވާފައިވެއެވެ. ޢަބުދުﷲ ޖަލީލު ފާހަގަކުރެވިފައިވަނީ ތުރާކުނުގެ ތަރައްޤީގެ އެންމެ ގިނަ މަސައްކަތްތައް ކުރައްވާފައިވާ ވެރިއެއްގެ ގޮތުގައެވެ.

ސައީދު ޢަބުދުﷲ

ކުރީގެ ކުޑަކަތީބު

ސައީދު ޢަބުދުﷲ އަކީ ތުރާކުނަށާއި ދައުލަތަށް 25 އަހަރަށްވުރެ ދިގުމުއްދަތަށް ޚިދުމަތް ކުރައްވާފައިވާ ވަރަށް ޚިދުމަތްތެރި ވެރިއެކެވެ. ސައީދު ޢަބުދުﷲ އަދާކުރައްވާ މަޤާމުތަކުގެ ތެރޭގައި ތުރާކުނު އޮފީހުގެ ކާތިބުކަމާއި، ތުރާކުނު އޮފީހުގެ ކުޑަކަތީބުކަމާއި އަދި ތުރާކުނު ކައުންސިލްގެ ވަގުތީ ޒިންމާދާރުވެރިޔާކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.

އަޙްމަދު ޤާސިމް

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މްމްބަރު